Himeyn Inglaab: Advanced advice from University of Oxford, Baazaru Branch
މީގެދުވަސްކޮޅެށް ކުރިން އިންޓަރނެޓަށް އުފަންވި އެންމެ މޮޅު ބުލޮގަކީ ޝައްކެއްވެސް ނެތްގޮތުގައި ހިމޭންއިންގިލާބެވެ. އޭގެފަހަތުގައި ބައިވަރުސަބަބުތަކާއިހެދި ފޮރުވިފައިވާ މުޅިދުނިޔޭންވެސް
އެންމެމޮޅު ކިޔަވާއިގެންތިބި ސައެންޓިސްޓުން މަސައްކަތްކުރެއެވެ. ތިރީގައިމިވަނީ ހިމޭން އިންގިލާބަށް ޑީއެސްގެ މޮޅު ޓީމުން ހިލޭ އަރުވާ ވަރަށްމޮޅު އިރުސާދުކުޅެކެވެ. ކުރިޔައްއޮތް ފަނަރަދުވަހުގެ ތެރޭގައި މިގޮތަށް ހިމޭން އިންގިލާބު ބަދަލުނުކޮށްފިނަމަ މުޅިސައިޓު ހިމޭން ކަމުގެ ތެރެޔައް ގެއްލި ގޮސް ހުސްވެދާނެއެވެ.
ސައިޓުގެ ކުލަ ފިޔާތޮއްޓަށް ބަދަލުކުރުން. ހާއްސަކޮށް ލިޔެފައިވާ ލިޔުންތަކުގެ ކުލަ. ފިޔާތޮށިކުލަޔަކީ ނިކަން ލޯބިކުލަޔެކެވެ. މިކުލަލާފައިވާ ސައިޓުތަކުގެ ފެންވަރު މަތިވާނެއެވެ.
ސައިޓަށްވަންނަތަނާ ލަވަޔެއްގެ އަޑުއިވުން. ބްރިޓްނީ ސްޕިއަރސް އަދި ބްރިޓްނީ މާރފީގެ ލަވަތައް އޮޓޮމެޓިކުން ކުޅެވޭ ޕްލެޔަރެއް ވަރަށްމުހިއްމުއެވެ. މިސާލަކަށް މައިސްޕޭސް ފަދަ ދުނިޔެގަބޫލުކުރާ ސައިޓުތަކުގައި މިފީޗާރގެ މުހިއްމުކަން ފާހަގަކޮއްލެވެއެވެ.
ރެސިޕީ ސެކްޝަނެއް ހެދުން. މިކަމުންދޭހަވަނީ ސައިޓުގެ ދުރުވިސްނޭކަމެވެ. ކުރިޔައްއޮތް ދިހަވަރަކަށް މަސްތެރޭގައި ރޯދަމަސް އެބައާދެއެވެ. އަދި ދުރާލާ ރެސިޕީތައް ބަލަން ސައިޓުބަލާމީހުނަށް ހިތްވަރުދިނުން އެއީ މޮޅުކަމެކެވެ.
ލިޔުންތަކުގެ ތެރޭގައި ބޭރުގެ މޮޅެތި ލިޔުންތެރީންނާއި ފާޑުފާޑުގެ ޑޮކްޓަރުން ކޮއްފާއިވާދިރާސާތަކަށް މިހާރަށްވުރެން ބޮޑަށްބައްލަވާ ރިފަރަންސް ޖެއްސެވުން. ހާއްސަކޮށް ސައެންސު ޖާރނަލްތަކަށް އަލިއަޅުވާލެވިދާނެއެވެ.
ސައިޓުގެ މަތީކަނުގައި ހަތަރުފޫޓު އައްފޫޓުގެ ފާހަނާއެއް ހަރުކުރުން ވަރަށްމުހިއްމެވެ. މިފާހަނާގައި ތިރިފާހަނާތައްޓަކާއި މޫނުދޮންނަތައްޓެއް ބަހައްޓަން ވާނެއެވެ.
ސައިޓުގައި ޖޯކު ކެޓަގަރީއެއް އުފައްދާ، މިހާރުހުރި ހުރިހާ އާރޓިކަލްތައް އެތަނަށް އެޅުން.
ސައިޓުގައި ހައިކޯޓަކާ، ސުޕުރީމްކޯޓަކާ ގާޒިޔަކާ ފޮރިން މިނިސްޓަރަކާ، ޖަސްޓިސްމިނިސްޓަރަކާ އެޑްވައިޒަރެއް ހަރުކުރުން. މިކަން މޭކް ޕުވާރޓީ ހިސްޓްރީ ބެނޭފަދައިނ ކުރެވިދާނެއެވެ.
ސައިޓުގެ މައިގަނޑު ކޮންޓެންޓް އެޑިޓޯރިއަލް ކައުންސިލަކުން އުފައްދާއެޑިޓްކުރުން. އެޑިޓޯރިއަލް ކައުންސިލާއި ގަވަނިގް ޕާރޓީ އޮފް ދަ ހިމޭން ރެވެލޯޝަން ހޮވާނީ އަހަރަކު އެއްފަހަރު އިލެކްޝަންސް ކޮމިޝަނުން މުޅިދުނިޔޭން އެންމެމޮޅުމީހުން ކޮޅުގެތެރޭގައި ބާއްވާ އިންތިހާބަކަށްފަހު.
ޖޫސް އަދި ސަރުބަތު މީރުކޮށް ގިރަން އެގުން.
ބަޖިޔާ.
ފާރިޝް ވެރިކަމަށް ގެންނަންއުޅެނީޔޭކިޔައިގެން ދަމާފައިވާ ފަތިވަރުތަށް ހަމައެކަނި ލޮގިންކޮށްގެން ފެންނަގޮތަށް ހެދުން. އެފަދަ ޓޮޕް ސީކްރެޓް ކޮންޕިރެސީތައް ފެނިފައި ޖޭމްސް ބޮންޑު އައިސް ސައިޓު ހެކުއަރުވާލަފާނެ.
ރުގިއްޔާ ސިއްރުން ބަންނަން އުޅޭ އޮޑީގަތެރެޔައް އެރެއޮވެ ސައިޓައް ކުޅުޖެހުން.
މިކަންކަން މިވަގުތުން ވަގުތަށް ނުކޮއްފިނަމަ ސައިޓު ބަންޑުންގޮސް ދިވެހީންނަކީ ކަނޑުކޮސް ބަޔެއްނޫންކަން ސައިޓު ހަދާ ހަރަދުކުރާފަރާތައް ފަޅާއަރާފާނެއެވެ. އިހުތިރާމު. ﷲގެ ކުޅަދުން ވަތަކަމުގެ ކޮޅެއްނެތެވެ.
ޑރ. ޑީއެސް ޕީ އެޗް ޑީ އެމް ފިލް ޕީ އެޗް ޑީ ޓޫ
Labels: Ass Kissers, attention, Attention Seekers, Awards, bajiya, Golhabo's Team
2 Comments:
Dear Dr. DS PhD, MD, PHD2
Himeyn Ingilaab will follow all your suggestions.
I am sure.
ސައިޓުގައި ޖޯކު ކެޓަގަރީއެއް އުފައްދާ، މިހާރުހުރި ހުރިހާ އާރޓިކަލްތައް އެތަނަށް އެޅުން.
AWSOME!
Post a Comment
Subscribe to Post Comments [Atom]
<< Home