DS

04 December 2008

Himeyn Inglaab: Advanced advice from University of Oxford, Baazaru Branch


މީގެދުވަސްކޮޅެށް‮ ‬ކުރިން‮ ‬އިންޓަރނެޓަށް‮ ‬އުފަންވި‮ ‬އެންމެ‮ ‬މޮޅު‮ ‬ބުލޮގަކީ‮ ‬ޝައްކެއްވެސް‮ ‬ނެތްގޮތުގައި‮ ‬ހިމޭންއިންގިލާބެވެ‮.‬‮ ‬އޭގެފަހަތުގައި‮ ‬ބައިވަރުސަބަބު‮ތަކާއިހެދި‮ ‬ފޮރުވިފައިވާ‮ ‬މުޅިދުނިޔޭންވެސް‮
‬އެންމެމޮޅު‮ ‬ކިޔަވާއިގެންތިބި‮ ‬ސައެންޓިސްޓުން‮ ‬މަސައްކަތްކުރެއެވެ‮.‬‮ ‬ތިރީގައިމިވަނީ‮ ‬ހިމޭން‮ ‬އިންގިލާބަށް‮ ޑީއެސްގެ‮ ‬މޮޅު‮ ‬ޓީމުން‮ ‬ހިލޭ‮ ‬އަރުވާ‮ ވަރަށް‬މޮޅު‮ ‬އިރުސާދުކުޅެކެވެ‮.‬‮‬‮ ‬ކުރިޔައްއޮތް‮ ‬ފަނަރަދުވަހުގެ‮ ‬ތެރޭގައި‮ ‬މިގޮތަށް‮ ‬ހިމޭން‮ ‬އިންގިލާބު‮ ‬ބަދަލުނުކޮށްފިނަމަ‮ ‬މުޅިސައިޓު‮ ‬ހިމޭން‮ ‬ކަމުގެ‮ ‬ތެރެޔައް‮ ‬ގެއްލި‮ ‬ގޮސް‮ ‬ހުސްވެދާނެއެވެ‮.‬

ސައިޓުގެ‮ ކުލަ‮ ‬ފިޔާތޮއްޓަށް‮ ‬ބަދަލުކުރުނ‮ް‮‮.‬‮ ‬ހާއްސަކޮށް‮ ‬ލިޔެފައިވާ‮ ‬ލިޔުންތަކުގެ‮ ‬ކުލަ‮.‬‮ ‬ފިޔާތޮށިކުލަޔަކީ‮ ‬ނިކަން‮ ‬ލޯބިކުލަޔެކެވެ‮.‬‮ ‬މިކުލަލާފައިވާ‮ ‬ސައިޓުތަކުގ‮ެ‮ ‬ފެންވަރު‮ މަތިވާނެއެވެ‮.‬

ސައިޓަށްވަންނަތަނާ‮ ‬ލަވަޔެއްގެ‮ ‬އަޑުއިވުން‮.‬‮ ‬ބްރިޓްނީ‮ ‬ސްޕިއަރސް‮ ‬އަދި‮ ‬ބްރިޓްނީ‮ ‬މާރފީގެ‮ ‬ލަވަތައް ‬އޮޓޮމެޓިކުން‮ ‬ކުޅެވޭ‮ ‬ޕްލެޔަރެއް‮ ‮ ‬ވަރަށްމުހިއްމުއެވެ‮.‬‮ ‬މިސާލަކަށް‮ ‬މައިސްޕޭސް‮ ‬ފަދަ‮ ‬ދުނިޔެގަބޫލުކުރާ‮ ‬ސައިޓުތަކުގައި‮ ‬މިފީޗާރގެ‮ ‬މުހިއްމުކަން‮ ‬ފާހަގަކޮއްލެވެއެވެ‮.‬

ރެސިޕީ‮ ‬ސެކްޝަނެއް‮ ‬ހެދުން‮.‬‮ ‬މިކަމުންދޭހަވަނީ‮ ‬ސައިޓުގެ‮ ‬ދުރުވިސްނޭކަމެވެ‮.‬‮ ‬ކުރިޔައްއޮތ‮ް‮ ‬ދިހަވަރަކަށް‮ ‬މަސްތެރޭގައި‮ ‬ރޯދަމަސް‮ ‬އެބައާދެއެވެ‮.‬‮ ‬އަދި‮ ‬ދުރާލާ‮ ‬ރެސިޕީތައް‮ ‬ބަލަން‮ ‬ސައިޓުބަލާމީހުނަށް‮ ‬ހިތްވަރުދިނުން‮ ‬އެއީ‮ ‬މޮޅުކަމެކެވެ‮.‬‮

ލިޔުންތަކުގެ‮ ‬ތެރޭގައި‮ ‬ބޭރުގެ‮ ‮ ‬މޮޅެތި‮ ‬ލިޔުންތެރީންނާއި‮ ‬ފާޑުފާޑުގެ‮ ‬ޑޮކްޓަރުން‮ ‬ކޮއްފާއިވާދިރާސާތަކަށް‮ ‬މިހާރަށްވުރެން‮ ‬ބޮޑަށްބައްލަވާ‮ ‬ރިފަރަންސް‮ ‬ޖެއްސެވުން‮.‬‮ ‬ހާއްސަކޮށް‮ ‬ސައެންސު‮ ‬ޖާރނަލްތަކަށް‮ ‬އަލިއަޅުވާލެވިދާނެއެވެ‮.‬

ސައިޓުގެ‮ ‬މަތީކަނުގައި‮ ‬ހަތަރުފޫޓު‮ ‮ ‬އައްފޫޓުގެ‮ ‬ފާހަނާއެއް‮ ‬ހަރުކުރުން‮ ‬ވަރަށްމުހިއްމެވެ‮.‬‮ ‬މިފާހަނާގައި‮ ‬ތިރިފާހަނާތައްޓަކާއި‮ ‬މޫނުދޮންނަތައްޓެއް‮ ‬ބަހައްޓަން‮ ‬ވާނެއެވެ‮.‬

ސައިޓުގައި‮ ‬ޖޯކު‮ ‬ކެޓަގަރީއެއް‮ ‬އުފައްދާ،‮ ‬މިހާރުހުރި‮‮ ‬ހުރިހާ ‬އާރޓިކަލްތައް‮ ‬އެތަނަށް‮ ‬އެޅުން.‬

ސައިޓުގައި‮ ‬ހައިކޯޓަކާ،‮ ‬ސުޕުރީމްކޯޓަކާ‮ ‬ގާޒިޔަކާ‮ ‬ފޮރިން‮ ‬މިނިސްޓަރަކާ،‮ ‬ޖަސްޓިސްމިނިސްޓަރަކާ‮ ‬އެޑްވައިޒަރެއް‮ ‬ހަރުކުރުން‮.‬‮ ‬މިކަން‮ ‬މޭކް‮ ‬ޕުވާރޓީ‮ ‬ހިސްޓްރީ‮ ‬ބެނޭފަދައިނ‮ ‬ކުރެވިދާނެއެވެ‮.‬

ސައިޓުގެ‮ ‬މައިގަނޑު‮ ‬ކޮންޓެންޓް‮ ‬އެޑިޓޯރިއަލް‮ ‬ކައުންސިލަކުން‮ ‬އުފައްދާއެޑިޓްކުރުން‮.‬‮ ‬އެޑިޓޯރިއަލް‮ ‬ކައުންސިލާއި‮ ‬ގަވަނިގް‮ ‬ޕާރޓީ‮ ‬އޮފް‮ ‬ދަ‮ ‬ހިމޭން‮ ‬ރެވެލޯޝަން‮ ‬ހޮވާނީ ‮ ‬އަހަރަކު‮ ‬އެއްފަހަރު‮ ‬އިލެކްޝަންސް‮ ‬ކޮމިޝަނުން ‬މުޅިދުނިޔޭން‮ ‬އެންމެމޮޅުމީހުން‮ ‬ކޮޅުގެތެރޭގައި‮ ‬ބާއް‮ވާ ‬އިންތިހާބަކަށްފަހު‮.‬

ޖޫސް‮ ‬އަދި‮ ‬ސަރުބަތު‮ ‬މީރުކޮށް‮ ‬ގިރަން‮ ‬އެގުން‮.‬

ބަޖިޔާ‮.‬

ފާރިޝް‮ ‬ވެރިކަމަށް‮ ގެންނަންއުޅެނީޔޭކިޔައިގެނ‮ް‮ ‬ދަމާފައިވާ‮ ‬ފަތިވަރުތަށް‮ ‬ހަމައެކަނި‮ ‬ލޮގިންކޮށްގެން‮ ‬ފެންނަގޮތަށް‮ ‬ހެދުން‮.‬‮ ‬އެ‮ފަދަ‮ ‬ޓޮޕް‮ ‬ސީކްރެޓް‮ ‬ކޮންޕިރެސީތައް‮ ‬ފެނިފައި‮ ‬ޖޭމްސް‮ ‬ބޮންޑު‮ ‬އައިސް‮ ‬ސައިޓު‮ ‬ހެކުއަރުވާލަފާނެ‮.‬

ރުގިއްޔާ‮ ‬ސިއްރުން‮ ‬ބަންނަން‮ ‬އުޅޭ‮ ‬އޮޑީގަތެރެޔައް‮ ‬އެރެއޮވެ‮ ‬ސައިޓައް‮ ‬ކުޅުޖެހުން‮.‬

މިކަންކަން‮ ‬މިވަގުތުން‮ ‬ވަގުތަށް‮ ‬ނުކޮއްފިނަމަ‮ ‬ސައިޓު‮ ‬ބަންޑުންގޮސް‮ ‬ދިވެހީންނަކީ‮ ‬ކަނޑުކޮސް‮ ‬ބަޔެއްނޫންކަން‮ ‬ސައިޓު‮ ‬ހަދާ‮ ‬ހަރަދުކުރާފަރާތައް ‬ފަޅާއަރާފާނެއެވެ‮.‬‮ ‬އިހުތިރާމު‮.‬‮ ‬ﷲގެ‮ ‬ކުޅަދުން‮ ‬ވަތަކަމުގެ‮ ‬ކޮޅެއްނެތެވެ‮.‬

ޑރ‮.‬‮ ‬ޑީއެސް‮ ‬ޕީ‮ ‬އެޗް‮ ‬ޑީ‮ ‬އެމް‮ ‬ފިލް‮ ‬ޕީ‮ ‬އެޗް‮ ‬ޑީ‮ ‬ޓޫ‮

Labels: , , , , ,